ކަރަންޓު ބިލުން % 10-15 ހެޔޮ ކުރަނީ

big_ku5cNCOoUh7amxf.jpg

އެންވަޔަރުމަންޓް މިނިސްޓްރީއާ، އެސްޓީއޯއާ، ފެނަކަ އަދި ސްޓެލްކޯއިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ :އަވަސް.އެމްވީ

ތެލަށް ކުރިން ނަގަމުން އައި ޑިއުޓީ ކުޑަކުރުމާ ގުޅިގެން ކަރަންޓުގެ އަގު 10-15 ޕަސެންޓަށް ހެޔޮ ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިއަދު ދިވެހިރާއްޖޭ އަޑުގެ ސެނަކޯ މާލަމުގައި، އެންވަޔަރންމަންޓް މިނިސްޓްރީއާ، އެސްޓީއޯއާ، ފެނަކައިގެ އިތުރުން ސްޓެލްކޯއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ތެލުގެ އިމްޕޯޓު ޑިއުޓީ ކުޑަވުމާގުޅިގެން ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުންއައި މިންވަރު ކުޑަވާނެކަން އިއުލާންކޮށްފައެވެ. އެއާއެކު ކަރަންޓް ބިލްތަކުން %10 އާއި %15 އާ ދެމެދުގެ މިންވަރަކަށް އަގު ހެޔޮވާނެކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެެއެވެ.

މިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވީ އިމްޕޯޓް ޑިއުޓީގެ ކުޑަކުރުމާ ގުޅިގެން ކަރަންޓުގެ އަގު ހެޔޮވުމާއި ދަތުރު ފަތުރުގެ ހަރަދާއި  ވިއްކާ ތެލުގެ އަގުވެސް ހެޔޮ ވެފައިވާ ކަމަށެވެ.

“ހަކަތާގެ ޑިއުޓީއަށް ގެނައި ބަދަލާ އެކު ބޮޑެތި ބަދަލުތަކެއް އިގްތިސާދަށް ވެސް އަންނާނެ. އެގޮތުން ކަރަންޓަށް މި އައި ބޮޑު ބަދަލު ދެން އަންނަ ބިލެއްގައި ރައްޔިތުންނަށް ފެނިގެން ދާނެ. މިއީ ރައްޔިތުންނަށް އަތްމަތި ތިޔާގިވެ ވިޔަފާރިތަކަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމެއް،” މިނިސްޓަރ ވިދާޅުވި އެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައުމާއެކު މިހާރު ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 8.44 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގު މިވަނީ 8.65ރ. އަށް ތިރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top