ކްލަބް އޭދަފުށި, ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނަށް

large_166454054911oHXz.jpeg

ކްލަބް އޭދަފުށި ޓީމް--- ފޮޓޯ/ ކްލަބް އޭދަފުށި

ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަންގައި ވާދަކުރާ ބ. އޭދަފުށި، ފުރަތަމަ ޑިވިޜަނަށް ކޮލިފައި ވެއްޖެއެވެ.

ސެންޓްރަލް ލީގުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އޭދަފުށި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވަނީ އެ ގްރޫޕްގައި ވާދަކުރަން ހަމަޖެހިފައިވާ ޅ. ނައިފަރު ޖީޖީ ސްޕޯޓްސްއާއި ހިންނަވަރު ސްޕޯޓްސް ކުލަބު އެ މުބާރާތުގައި ބައިވެރިމނުވާތީއެވެ. އޭދަފުއްޓާއި އެކު އއ. މާޅޮސް ވެސް ވަނީ މެޗެއް ނުކުޅެ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެފައެވެ.

މާޅޮހަށް މިޖާގަ ޖާގަ ލިބުނީ އެ ގްރޫޕްގައި ވާދަކުރާ ގޮތަަށް އޮތް އއ. އުކުޅަހާއި، އދ. ފެެންފުށި އެ މުބާރާތުގައި ވާދަނުކުރަން ނިންމުމުންނެވެ.

ސެންޓްރަލް ލީގުގައި ހިންނަވަރާއި ފެެންފުށި ވާދަ ނުކުރާކަން އެ ޓީމުތަކުން ވަނީ އެފްއޭއެމްއަށް އަންގައިފައެވެ. ނަމަވެސް އުކުޅަހާއި ނައިފަރު އެ މުބާރާތުގައި ބައިވެރި ނުވެވޭނެކަން އެފްއޭއެމްއަަށް އަންގަައިފައި ނުވާތީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވުމަށް އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.

ސެންޓްރަލް ލީގުގެ ގްރޫޕް ބީގައި ހިމެނޭ ހިންމަފުށިން ވެސް ވަނީ އެ މުބާރާތުން ވަކިވެފައެވެ. ނަމަވެސް އެ ޓީމުން ވަކިވީ އެފްއޭއެމްއަށް އެކަން އެންގުމަށްފަހުގައެވެ. އެ ގްރޫޕްގައި ހިމެނިފައިވަނީ ކ. ގުރައިދޫއާއި، ގުޅީގެ އިތުރުން މާފުއްޓެވެ.

އެ ގްރޫޕްގެ މެޗުތައް މިހާރު ކުޅެ ނިމިފައިވާއިރު، އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވަނީ ގުރައިދޫއެވެ. އަދި އެ ގްރޫޕްގެ ދެވަނައަށް ގޮސްފައިވަނީ ގުޅިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top