އެންމެފަހުން ފުލުހުން ނުކުމެ ބަންޕަރުތަކުގެ ކުލަ އާކުރަން ފަށައިފި

277747634_287879510195203_5587794450542586242_n.jpg

އޭދަފުށީގައި ތާރުއަޅައިގެން ހަދާފައިވާ މަގުތަކުގައި ހަދާފައިހުރި ސްޕީޑް ބަންޕަރު ތަކުގެ ކުލަ ފަނޑުވެ މީހުންނަށާއި ދުއްވާ ތަކެއްޗަށް ގެއްލުން ލިބެމުން ދާތީ އެންމެ ފަހުން ފުލުހުން ނުކުމެ އޭދަފުށީ ކައުންސިލާ ގުޅިގެން ބަންޕަރުތަކުގެ ކުލަ އާކުރަން ފަށައިފި އެވެ.

ބަންޕަރުތަކުގެ ކުލަ އާކުރަން ފަށާފައި މިވަނީ އޭގައި ލާފައި ހުރި ކުލަ ފަނޑުވެ އެކަމުގެ ސަބަބުން ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ ކަން ފާހަގަކޮށް އޭދަފުށީ ވޮއިސްގައި ރިޕޯޓެއް ލިޔުނުތާ ދެ ހަފްތާ ނުވަނީސް ކަން ފާހަގަކުރެވެއެވެ.

އޭރު ރަށު ކައުންސިލުން ބުނީ އެއީ އެކައުންސިލާ ބެހޭކަމެއް ނޫން ކަމަށާއި އޭދަފުށީ ތާރުއެޅި މަގުތަކުގެ  މަސައްކަތް ނިންމާފައި އެމްޓީސީސީން އަދި ކައުންސިލާ ހަވާލު ނުކުރާ ކަމަށެވެ.

އެކްސިޑެންޓެއްގެ ކުރިން ބަންޕަރުތަކުން ރައްޔިތުން ސަލާމަތްކޮށްދެއްވާ!

ނަމަވެސް ކައުންސިލުން ފުލުހުންނާ ގުޅިގެން ކުލަ ފަނޑުވެފައި ހުރި ބަންޕަރު ތަކުގެ ކުލަ އާ ކުރުމުގެ މަސައްކަތް ރޭ ވަނީ ފަށާފަ އެވެ.

މިއީ ކޮންމެ ބައެއްގެ އިސްނެގުމެއްގެ މަތިން ކުރަން ފެށި ކަމެއް ކަމުގައި ވިޔަސް ރައްޔިތުންގެ ރައްކާތެރިކަމަށް އެޅިގެން ދިޔަ ބޭނުންތެރި މުހިއްމު ފިޔަވަޅެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top