ސެޕްޓެމްބަރުގެ ކުރިން ހުރިހާ ސްކޫލެއް އޭސީ ކޮށް ނިމޭނެ

b_JLQykqFzFTrlreFtzjJWk1Rkf.jpeg

ރ. އަތޮޅުގެ ރަށްރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމްކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

“ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ ގައުމީ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލްތައް ފިނި ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް މިހާރު ފެށިފައިވާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދަނީ ކިޔަވައިދޭ ކްލާސްރޫމްތައް އޭސީ ކުރުން ކަމަށެވެ.

”މިހާރު އެކަން ވަނީ ފެށި އެކަމަށް ބޭނުންވާ ކަންކަން ހަމަޖެހިގެން ގޮސް ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައި. އެހެންވީމަ މިއަހަރުގެ ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މިރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލުތަކެއް، ހުރިހާ ކްލާސްރޫމްތަކެއް އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކޮށްގެން އޭސީ ކޮށްދީ ފިނިކޮށްދޭނަން،” ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ގައުމީ މަޝްރޫއު “ކޫލް ސްކޫލް” ޕްރޮޖެކްޓް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މުޅިރާއްޖޭގައި އޭސީ ކުރަން 9400 އޭސީ ބޭނުން ވާނެ އެވެ. ސްކޫލުތައް އޭސީކުރުމުގެ ކެޕިޓަލް ހަރަދަކީ ގާތްގަޑަކަށް 600 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަދުރަސާތަކަށް އަލުން ކޭބަލް އެޅުމާއި ތްރީފޭސްގެ ހަތަރު ނަރުން ވައިރުކުރުމާއި ޑީބޯޑުތަކާއި ސްވިޗާއި ސޮކެޓާއި ކޭސިން އާއި އޭސީތައް ގަނެ ހަރުކުރުން ފަދަ ހަރަދުތައް ހިމަނައިގެން ހުރިހާ ކުލާސްތަކެއް އޭސީ ކުރުމުގެ ސާމާނުގެ އަގަށް މަދުވެގެން 130 މިލިއަން ރުފިޔާ އަރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top