ކޮވިޑް އަށް ޕޮޒިޓިވް ވެގެން އެކަހެރި ކޮށްފައި ހުއްޓަސް ވޯޓުލާން ދެވޭނެ

1529315505-1.jpg

ކޮވިޑް ޖެހިގެން ކަރަންޓީނުގައި އެކަހެރިކޮށްފައި ހުއްޓަސް ވޯޓުލާން ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ )އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ އެކަހެރި ކޮށްފައި ތިބި މީހުން ވޯޓް ލާން ދާއިރު ހަ ކަމަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ވޯޓުލާ މަރުކަޒުތަކަށް ދިއުމަށާއި ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމުގެ އިތުރުން ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމާއި ޕަަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުމާއި ވޯޓްލާން ދިއުމާއި އެނބުރި ގެއަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން އަދި ވޯޓުލުމަށްފަހު، ކަރަންޓީނު ގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިއުމެވެ.

(ތަފްސީލް އަންނަނީ)

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top