އާބާދީގެ 20 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ހިލޭ ލިބޭނެ: ޑރ. ނަޒްލާ

b_UW5XG4bXYPcoZUSbATiSFBc4T.jpeg

ޑރ.ނަޒްލާ --ފޮޓޯ :ވަން އޮންލައިން

ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް، ކޮވިޑް 19 ވެކްސިން ހިލޭ ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ތިން ވަނަ ޓްރަޔަލްގައި ކޮވިޑްގެ ނުވަ ވަރަކަށް ވެކްސިން އެބައުޅޭ ކަމަށާއި ނަމަވެސް އޭގެ ތެރެއިން އެންމެ އަވަހަށް ލައިސަންސް ލިބޭނީ ކޮން ވެންސިނަކަށް ކަމެއް ނޭނގޭ ކަމަށެވެ. އަދި ވެކްސިން ގަތުމަށް ރާއްޖެއިން އަދި ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށާއި ވެކްސިން ކެމްޕޭނެއް ހިންގުމަކީ ފުދޭވަރެއްގެ ބޮޑު ހަރަދެއް އެކަމަށް ހިނގާނެ ކަމެއް ކަމަށެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާޒާ އިން ދައްކާ ގޮތުގައި ރާއްޖޭގައި 557،426 މީހުން ދިރިއުޅެއެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 111،485 މީހުންނަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވެކްސް ފެސިލިޓީގައި ރާއްޖެއަކީ އެޑްވާންސް މާކެޓް ކޮމިޓްމަންޓް ގްރޫޕުގައި ހިމެނޭ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފައި ވުމުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖަހާ ވަރަށް، ކޮވިޑްގެ ވެކްސިން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށެވެ. ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް 19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފައިސާވެރި 71 ގައުމުވެސް ހިމެނެއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޕްރޮގްރާމެއް ހިންގުމަކީ ބުރަ މަސައްކެއް ކަމަށާއި ވެކްސިންގެ އިތުރުން ވެސް އެކަމަށް އެހެނިހެން ގިނަ ހަރަދުތަކެއް ހިނގާނެ ކަމަށެވެ.

ކޮވިޑަށް ވެކްސިނެއް އުފެއްދުމަށް ގައުމުތަކުން މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ރަޝިޔާ އާއި އިނގިރޭސިވިލާތާއި ޗައިނާއިން ވަނީ ކޮވިޑަށް ވެކްސިނެއް އުފައްދައި، އިންސާނުން ބޭނުންކޮށްގެން ޓެސްޓުކުރަން ފަށައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top