ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ގޮއިދުއަށް.

l_1576564740669Ym-800x533-800x533.jpeg

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން އެހީވެގެން ކިހާދޫގައި ހަދާފައިވާ ކޮމިޔުނިޓީ ޕާކް. -- ފޮޓޯ/ ބީއެމްއެލް

ދެމެހެއްޓެނިވިގޮތުގައި ރަށްތައް ހިންގުމަށް އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރާވާފައިވާ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެފަރާތުން ކުރިއަށް ގެންދާ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ބ. ގޮއިދޫ އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ގޮއިދޫގެ އިތުރުންވެސް 4 ރަށަކަށް ވަނީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ގޮއިދޫއަށް ބޭންކުން އެހީތެރިކަން ދީފައިވަނީ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ ގެ ފަރާތުން ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުމަށެވެ.

ބީއެމްއެލް އިން ބުނީ ފަސް ރަށަކަށް އެ ފަންޑުގެ ދަށުން އެހީތެރިކަން ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު ފަސް ރަށަށް ވުމުން ކަމަށެވެ.

އެ ރަށްތަކަކީ ރ. ކިނޮޅަހާއި ބ. ގޮއިދޫ އާއި ގއ. ކޮލަމާފުށްޓާއި ގދ. ނަޑެއްލާ އަދި ފުވައްމުލަކު ސިޓީއެވެ. އެ ރަށްތަކުން ބަލައިގަނެފައިވާ ޕްރޮޖެކްޓުތަކަކީ

  • ރ. ކިނޮޅޮހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުން- ވާފިރު އަހުމަދު
  • ބ. ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން – ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ގއ. ކޮލަމާފުށީގެ ސްކޫލުގައި އާރުއޯ ޕްލާންޓް ބޭނުންކޮށްގެން ދަރިވަރުންނަށް ބޯފެން ފޯރުކޮށްދިނުން – –ޝާމާ ތައްހާން
  • ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުން – ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ފުވައްމުލަށް ސިޓީގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުން – ފާތިމަތު ރަޝީދު

އެކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ގިނަ ރަނގަޅު ޕްރޮޕޯސަލްތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

ފަހުން ހޮވާފައިވާ ފަސް ރަށަކާއެކު މިހާރު ބީއެމްއެލްގެ އެ ޕްރޮޖެކްޓް 30 ރަށެއްގައި ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ފުރަތަމަ ދެ ފިޔަވަހީގައި ވަނީ 10 ޕްރޮޕޯސަލް ބަލައިގަނެފައެވެ. ބީއެމްއެލް އިން ބުނާގޮތުގައި ބާކީ އިން ތިންވަނަ ފިޔަވަހީގެ ދަށުން އެކަނިވެސް 10 ޕްރޮޕޯސަލް ބަލައިގަންނާނެއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ވަނީ ބ.ކިހާދޫގައިވެސް ކުޑަކުދިންގެ ޕާކެއް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top