ވިލާކޮލެޖް އޭދަފުށީ ކެމްޕަހުން މޭމަހު ފަށާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

P_20160321_111616.jpg

Jpeg

ވިލާކޮލެޖް އޭދަފުށީ ކެމްޕަހުގައި އަންނަ މޭމަހު ފެށުމަށް ހަމަޖަައްސާފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ އޭޕްރީލްމަހުގެ 10ވަނަދުވަހާހަމައަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ވިލާއިން ކުރިއަށްގެންދާ ކޯސްތައް ވަނީ އިއުލާނު ކުރައްވާފައެވެ.

އޭގެތެރެއިން ސެޓްފިކެޓްލެވެލެގެ ކޯސްތަކަކީ ބިޒިނަސްސްޓަޑީޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަންރިސޯސްމެނޭޖެމަންޓް، އަދި އެކައުންޓިންގ އެވެ.

ޑިޕްލޮމާކޯސްތަކުގެ ތެރޭގައި ހިމެނެނީ ޝަރީއާއެންޑްލޯ، ޕްރައިމަރީ ޓީޗިންގެ، އަދި އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން އެވެ.

އިތުރުން ފައުންޑޭޝަން ޓީޗިންގ ކޯހަކާއި ލޯ ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު ބެޗެލަރއޮފް ޕްރައިމަރީ ޓީޗިންގކޯހެއްވެސް އަންނަ ސެމިސްޓަރގައި ފަށާނެއެވެ.

ވިލާ ކޮލެޖްގެ އޭދަފުށީ ކެމްޕަސްގައި ސެޓްފިކެޓްލެވެލްއާއި ޑިޕްލޮމާއަދި މާސްޓަރޒް އަށް ކިޔަވައިދެމުން ގެންދާއިރު 2013 ގައި މިކެމްޕަސް އޭދަފުށީގައި ހުޅުވިގެންދިޔަކަމީ އޭދަފުށީގެ އިތުރުން ކައިރި ރަށްތަކުގައި ތިބި މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ކުދިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top