މާޅޮހާއި ދޮންފަނުގައި ސަރުކާރުން ހިންގި މަޝްރޫއުތަކުުގެ ނިމުން ފާހަގަކޮށްފި

bjzaAxyvARz6IcBGrHDk5mZLuHX2UQoh0pQMRbnd.jpg

ބ. މާޅޮހާއި ދޮންފަނުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުުގެ ނިމުން ފާހަގަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބ. އަތޮޅަށް ކުރައްވަމުންދާ ކެމްޕޭން ދަތުރުފުޅުގައި މިއަދު މެންދުރު ކުރީގައި މާޅޮހާއި ދޮންފަނަށް ވަޑައިގެން މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫއާއި، ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އައު އޮފީސް އިމާރާތް ވަނީ ހުޅުއްވައިދެއްވާފައެވެ.

މާޅޮހުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބުލިޔު.އެސް.ސީ)އިންނެވެ.

ދޮންފަނުގެ ބަނދަރު ހެދުމުގެ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކޮށްފައިވަނީ، އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑުންނެވެ.

ދޮންފަނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 536 މީޓަރުގެ ރިވެޓްމެންޓްވަނީ ޖަހާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ދޮންފަނު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކޮށް އެއްގަމު ތޮއްޓާއި ބޭރުތޮށި ޖަހައި، ރޭމްޕް ހަދައި، ނެރުބައްތި އާ ބަނދަރު ބައްތި ޖަހައި ޕޭވްމެންޓް ވަނީ ހަދާފައެވެ.

ދޮންފަނު ފެނަކަ އާ އޮފީސް އިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އާ އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 650 ކިލޯވޮޓްއެވެ. ދޮންފަނު އާއިންޖީނުގެ އާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާހުކޮށްދެއްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top