ދަރަވަންދޫ އެއާޕޯޓް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހުވެސް ވިދާޅުވެއްޖެ

373273_3_4fceb7cadd6dc9e0450e9015ca1b9986cd6f4b6c_large.jpg

ރައީސް ސޯލިހު، ދަރަވަންދޫގައި

ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް ބޮޑުކޮށްދެއްވައި އެރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕޭނަށް ބ.އަތޮޅަށް ކުރައްވަމުން މިހާރު ގެންދަވާ ދަތުރުފުޅުގައި ރޭ ދަރަވަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަކީ އެންމެ ފައިދާވާ އެއް އެއާޕޯޓު ކަމާއި މިރަށުގައި އިތުރު ޚިދުމަތްތައް ތައާރަފްކުރަން ޖެހޭ ކަމަށެވެ.

ދަރަވަންދު އެއާޕޯޓް ބޮޑުކޮށްދެއްވުމަށް ރައީސް ސޯލިހު ވައުދުވެ ވަޑައިގެންނެވި އިރު މިދިޔަ މަހު އެރަށަށް ވަޑައިގެންނެވި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްވެސް ވަނީ އެމްއެންޕީގެ ވެރިކަމެއްގައި ދަރަވަންދޫ އެއާޕޯޓް އިންޓަނެޝަނަލް ފެންވަރަށް ތަރައްގީ ކުރަައްވާނެ ކަމަށް ވައުދު ވެވަޑައިގެންފަ އެވެ.

ނާޒިމްގެ މި ވާހަކަފުޅަށް އީވީގައި ކޮމެންޓު ކުރި މީހުންގެ ތެރެއިން ގިނަ މީހުން ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު މުހިއްމު ކަމެއްކަމަށާއި ނަމަވެސް އެއީކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދާފައެވެ.

”މިހާރުވެސް ރަންވޭ ކުޑަވެގެން ފްލައިޓްތަކަށް ރަނގަޅަށް ލޭންޑް ނުކުރެވޭ. ދެފަރާތުން ކަނޑުއޮޅި ޖެހިފަ އޮތްތަނެއް ކޮން އިންޓަނޭޝަނަލް އެއް ކުރެވޭނީ ؟“ ކޮމެންޓެއްގައި ލިޔެފައިވެ އެވެ.

ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އެއާޕޯޓް ބޮޑުކުރެއްވުމުގެ އިތުރުންވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތް މިހާރަށް ވުރެ ރަނގަޅުކުރުމަށް ހެލްތު ސެންޓަރަށް ބަދަލުތައް ގެނައުމާއި ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ރޯހައުސް ނުވަތަ ފްލެޓު އަޅައިދޭނެ ކަމަށް ވިދާޅުވި އެވެ.

ސްކޫލަށް އިތުރަށް ބޭނުންވާ ކްލާސްރޫމް ވެސް، ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“މި ރަށުގެ ބޮޑެތި ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހަދައި، ތާރު އަޅައި ތަރައްގީކޮށްދޭނަން. އަދި ރައްޔިތުން ދަތުރު ދިއުމަށްޓަކައި ރަށާ ކައިރިން ފަޅު ރަށެއް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން.” ރައީސް ވިދާޅުވި އެވެ.

ރަށް ހިމާޔަތްކުރުމަށް، ދެ ވަނަ ފިޔަވަހީގެ ގޮތުގައި ފަށައި، އޮފީސްތައް ހިންގުމަށް އޮފީސް ކޮމްޕްލެކްސްއެއް ހަދައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top