ޒިޔަޒަން އަނެއްކާވެސް ނިއު އަށް

134210_3_c8ce16c4bc81bcb7a200ac10be94a3b72d6b3382_medium.jpg

ޒިޔަޒަން؛ ނިއުގެ ޖެނެރަލް ސެކްރެޓަރީ ނިޔާޒް، ކޮންޓްރެކްޓް ދައްކާލަނީ . -ފޮޓޯ : ނިއު ރޭޑިއަންޓް

ް

މިނިވަންފަންސާސް ޗެމްޕިއަންޝިޕް އޭދަފުށްޓަށް ހޯދައިދިނުމުގައި ބޮޑު ހިއްސާއެއް އަދާކުރި އޭދަފުށީ ޓީމުގެ ކީޕަރ އަބްދުﷲ ޒިޔަޒަން އެނބުރި ނިއު ރޭޑިއަންޓަށް ހިނގައްޖެއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއު އާއެކު އޭނާ ކޮންޓްރެކްޓް ހަދާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ޒިޔަޒަންގެ ކުޅުން މި ފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ މިނިވަން 50 ސެމީ ފައިނަލްގައި އޭދަފުށްޓާ ސ.ފޭދޫ ބައްދަލު ކުރި މެޗުންނެވެ. އެމެޗުގައި އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން އޭދަފުށީ މޮޅުވެފައިވަނީ އޭދަފުށީގެ ގޯލަށް ފޭދޫ ޓީމުން ޖެހި ތިން ޕެނަލްޓީ އޭނާ މަތަ ކުރުމުގެ ސަބަބުންނެވެ.

މާލޭގައި ކްލަބްވިޔަންސާ ގައި ކުޅުމަށްފަހު ނިއު ރޭޑިއަންޓަށް 2011 ވަނަ އަހަރު ކުޅުނު ޒިޔަޒަން، ގައުމީ ޓީމުން ވެސް އޭރު ފުރުސަތު ހޯދިއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top