އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހަކު މަރުވެއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއަދު ނިޔާވެފައިވަނީ އެހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޒޯން B ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 87 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. ރ. ހުޅުދުއްފާރަށް ނިސްބަތްވާ އެމީހާ މަރުވެފައިވަނީ މިއަދު ފަތިހު 04:40 ގައެވެ.
މިއީ އޭދަފުށީ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކޮވިޑުގައި ނިޔާވި ފުރަތަމަ މީހާ އެވެ. އަދި ކޮވިޑް ބަލީގައި އޭދަފުށިން މަރުވި ތިންވަނަ މަރެވެ. މިއަދު ރާއްޖެއިން މަރުވި ފުރަތަމަ މީހާއެވެ.
އިއްޔެ ރާއްޖެއިން ކޮވިޑް ޖެހިގެން 3 މީހަކު ވަނީ މަރުވެފައެވެ. އެއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 162 އަށް އަރާފައެވެ
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.