ގައުމީ ޔުނިވަރސިޓީގެ އާރޓްސް ފެކަލްޓީގެ ޑީންއަކަށް އާސިމް

l_153312136264zLgB.jpg

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމަށް އައްޔަނުކުރި އާސިމް އަބްދުއް ސައްތާރުއަށް ލިޔުން ހަވާލުކޮށްދެއްވަނީ--- ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އާޓްސް ފެކަލްޓީގެ ޑީން އަކަށް ބ.އޭދަފުށީ ”ހަތިހާ ” އާސިމް އަބްދުއްސައްތާރު އައްޔަން ކުރައްވައިފިއެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ހެނދުނު އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އާސިމްއަށް ޑީން ކަމުގެ މަގާމުގެ ލިއުން ހަވާލު ކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފްއެވެ.

އާސިމަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ އެކި މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުރުއްވި މަޤާމުތަކުގެ ތެރޭގައި އެސިސްޓެންޓް ލެކްޗަރާގެ މަޤާމާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންގެ މަގާމު ހިމެނެއެވެ.

ފެކަލްޓީ އޮފް އާރޓްސްގެ ޑީންގެ މަގާމާއި ހަވާލުވުމަށްފަހު ޕީއެސްއެމް ނިއުސް އާ ވާހަކަ ދައްކަވަމުން އާސިމް ވިދާޅުވީ ކުރިއަށްއޮތް ހަތަރު އަހަރު ތެރޭގައި ފެކަލްޓީ ކުރި އެރުވުމަށްޓަކާ އާކޯސްތައް ތައާރަފުކޮށް މިހާރު ހިންގަމުންދާ ކޯސްތަކުގެ މަތީ ފެންވަރުގެ ކޯސްތައް ތައާރަފްކުރައްވާނެ ކަމަށެވެ.

އާސިމް ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީގެ އެޑިތު ކޮވަން ޔުނިވާސިޓީން އެޑިއުކޭޝަން އިން މާސްޓާސްވެސް ހާސިލްކުރައްވައިފައެވެ.

މިހާރުވެސް ޔުނިވަރސިޓީ ކައުންސިލްގެ މެންބަރުކަމާއި އެކެޑަމިކް ސެނޭޓްގެ މެންބަރުކަމާއި އެކެޑެމިކް ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި އާސިމް އަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top