އަނެއްކާވެސް ގޮއިދޫ ސްކޫލްގެ ވާހަކަ

43114FAA-A47D-4904-AED9-A11496BD5045-755x435.jpeg

ގޮއިދޫ ސްކޫލްގައި ބޭއްވި ފެއާއަށް މިސައިލް ތައްޔާރު ކުރަނީ -ފޮޓޯ : ވަގުތު އޮންލައިން ނިއުސް

އެންމެ 150 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ  ބ.ގޮއިދޫ ސްކޫލަކީ ރާއްޖޭގެ އެހެން ސްކޫލްތަކާ ތަފާތު ސްކޫލެކެވެ. ދަރިވަރުންގެ ތަރުބަވީ ތައުލީމާ މަސައްކަތާ ހުނަރުވެރިކަމާ ކުޅިވަރަށް ދަރިވަރުން އަހުލު ވެރިކުރުވުމަށް ދަރިވަރުން ގޮވައިގެން ސްކޫލްގެ ޕްރިސިޕަލް ވަނީ އެހެން ސްކޫލްތަކަށް ފަސޭހައިން އަތުނުލެވޭ ހިސާބަށް ދަތުރު ކޮށްފައެވެ.

ހަގީގަތުގައި ބ. ގޮއިދޫ މިއަދު މުޅި ރާއްޖެއަށް މަޝްހޫރު ވެފައިވަނީ އެރަށުގެ ސްކޫލްހޯދާ ގިނަ ކާމިޔާބު ތަކާ ގުޅިފައެވެ. ރެކޯޑަކަށް ފަހު ރެކޯޑެއް ހަދަމުން ގޮސް މި ފަހަރުވެސް އެހެން ސްކޫލަތަކަށް ގޮންޖަހާލެވޭ ވަރުގެ ރެކޯޑެކެވެ. މިއަދުގެ ހޫނު ޚަބަރަކީ މިއީއެވެ. ދެ އަހަރުން އެއް އަހަރު އެސްކޫލްގައި ބާއްވަމުން އަންނަ ސައިންސް ފެއަރގައި ބ. ގޮއިދޫ ސްކޫލްގެ ގްރޭޑް އަށެއްގައި ކިިޔަވަމުންދާ ދަރިވަރުންތަކެއް މިސައިލެއް ތައްޔާރުކޮށް އެ “މިސައިލް ” ޓެސްޓްކުރީއެވެ. ރާއްޖޭގެ ނިސްބަތުން ބޮޑު ޚަބަރެކެވެ. ހަރުދަނާ ތައުލީމީ ސިޔާސަތަކުން އުފެދުނު އެއަށްވުރެވެސް ކާމިޔާބު ޕްރޮގްރާމެކެވެ.

ބައެއް މީޑިއާތަކުން މި ޚަބަރު ކަވަރު ކުރަމުން ދިޔައިރު ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ހުރީ ދަރިވަރުންގެ މި މަސައްކަތާމެދު ހިތް ހަމަޖެހިފައެވެ. މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮންމެ ދެ އަހަރުން އެއް އަހަރު އެ ސްކޫލްގައި ސައިންސް ފެއާއެއް ބާއްވާ ކަމަށާއި، އެ ފެއާގެ މަގުސަދަކީ ކުދިން ސައިންސްގައި ކިޔަވާ އެކިއެކި ޓޮޕިކްތަކާއި، އަދި ސައިންސް ހުނަރު ކުރިއެރުވުން ކަމަށެވެ.

“ކުދިންނަށް ބޮޑަށް ޕްރެކްޓިކަލީ އެކަންކުރީމަ ދޯ އަންޑާސްޓޭންޑް ވާނީ. އެހެންވެ ކުދިންނަށް އެ ކަންތަކުގެ އަމަލީ ތަޖުރިބާ ހޯދައި ދޭންވެގެން ބޭއްވި ފެއާއެއް އެއީ،” ނިޒާމް ވިދާޅުވިއެވެ.

މިސައިލް ހެދުމަށް ބޭނުންކޮށްފައިވާ ތަކެތީގެ ތެރޭގައި އެސްލޯން ހޮޅި އާއި ހުސް ފުޅި ހިމެނެއެވެ. އެސްލޯން ހޮޅިން ހެދީ ރޮކެޓް ލައުންޗާއެވެ. އަދި ރޮކެޓް ހަދާފައި ވަނީ ފުޅިންނެވެ. އަދި އެ މިސައިލް ޓެސްޓް ކުރުމަށް ބޭނުންކޮށްފައި ވަނީ ފެނާއި ވައެވެ.

ނިޒާމް ވިދާޅުވީ މިގޮތަަށް އެއްޗެއް ހެދި ނަމަވެސް އެހިސާބުން ނުނިމޭނެކަމަށެވެ. އެ އެއްޗެއް ހެދި ގޮތާ އޭގައި އެކުލެވޭ ސައިންސްގެ ކަންތައްތަކާއި، މިހެން ވަނީ ކީއްވެތޯއާއި، އަދި އެ ނޫންވެސް އެ ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދޭން ޖެހޭ ކަމުގައެވެ.

ކޮންމެ ކީ ސްޓޭޖެއް ވަކިން ކުރިއަށް ގެންދިޔަމި ފެއާގައި ސްކޫލްގެ ހުރިހާ ގްރޭޑަކުންވެސް ބައިވެރިވިއެވެ. ކޮންމެ ގްރޭޑަކުންވެސް ދެ ޕްރޮޖެކްޓެއް ދައްކާލިއެވެ. ކޮންމެ ޕްރޮޖެކްޓަކީވެސް ހަފްތާއެއްހާ ދުވަހުގެ މަސައްކަތެވެ. މިއާއެކު މި ފަދަ ފެއަރތަކުގައި ދަރިވަރުން ބައިވެރި ވަނީ ވަރަށް ޝައުގުވެރިކަމާއެކުގައި ކަން ނިޒާމް ފާހަގަ ކުރެއްވިއެވެ.

ނިޒާމް ވިދާޅުވި ގޮތުގައި އަދި މި އަހަަރުގެ ފެއާގައިވެސް ތާފަތު ޕްރޮޖެކްޓް ތައް ފެނިގެންދިޔައިރު، އޭގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ގްރޭޑް އަށެއްގެ ކުދިން ހެދި މިސައިލްއަށެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒު އެބަ އަޑުއަހަން ހެއްޔެވެ ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top