މޫސުން ގޯސްވެ އަތޮޅު ފެރީގެ ދަތުރުތައްވެސް ކެންސަލް

DSCN3063.jpg

މިހާރު ކުރަމުން ދާ ވިއްސާރައިގާ ވައިބާރުވެ މޫސުން ގޯސްވުމުގެ ސަބަބުން ބ.އަތޮޅު ފެރީގެ ދަތުރުތައްވެސް ކެންސަލް ކޮށްފިއެވެ.

އެމްޓީސީސީ އިން ދެމުން އަންނަ މި ޚިދުމަތް ބ.އަތޮޅުގައި މެދު ކަނޑާލާފައިވާ އިރު އެމްޓީސީސީ އިން ބުނީ ހއ، އިން ފެށިގެން ޅ. އަތޮޅާ ހަމައަށް 14 ފެރީއެއް ކެންސަލް ކޮށްފައިވާ ކަމަށާއި މާލެއާއި ކާށިދޫއާ ދެމެދު ދަތުރުކުރާ ފެރީގެ އިތުރުން އއ. އަތޮޅުގެ ބައެއް ރަށްރަށުން މާލެއަށް ދަތުުރުކުރާ ފެރީގެ އިތުރުން ގއ އަތޮޅުގެ ތިން ފެރީއެއްވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މާލެއަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށްވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުގެ ރަށްރަށަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އެގޮތުން ގަޑިއަކު 23 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭ އިރު ވިލާ ގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާ ކަމަށް މެޓުން ބުނެއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. ހާއްސަކޮށް އުތުރާއި މެދުތެރޭގައި ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލުވުމަށް ވެސް މެޓުން އިލްތިމާސްކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top