55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

0_1437062186moosun_news-1.jpg

ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށް ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވާ އިރު ބުނެފައިވަނީ ވަނީ، މި ހިސާބުތަކަށް ކުއްލިއަކަށް ވައިގަދަވެފައި ބޯކޮށް ވިއްސާރަ ކުރާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށެވެ.

ވައިޖެހޭނެކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު 30 މޭލާއި 40 މޭލާގައި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ، 15:00 އިން ފެށިގެން މިރޭ 19:00 އާއި ހަމައަށެވެ.

ޔެލޯ އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެ އެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top