އޯލެވެލް އިމްތިހާނު ފަށައިފި

big_id6uvTJF3tQ1MfeKYCMY4tvll.jpg

ފޮޓޯ -: އަވަސް.އެމްވީ

މި އަހަރުގެ އޯލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.

ރާއްޖޭގައި ޖުމުލަ 244 ސެންޓަރެއްގައި އޯލެވެލް އިމްތިހާނު ފަށާފައި ވަނީ މިއަދު ހެނދުނު 09:00 ގައެވެ. މިއަދު އޮތީ އިސްލާމް މާއްދާގެ ޕޭޕަރު އެކެކެވެ. ހުރިހާ ސެންޓަރުތަކަކުން ވެސް ގަޑިއަށް އިމްތިހާނު ފަށާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު އެސްއެސްސީ އިމްތިހާނުގައި 6،106 ދަރިވަރުން އޯލެވެލްގައި 6،698 ދަރިވަރުން ބައިވެރިވާ ކަމުގަ އެވެ.

މި އިމްތިހާނުތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިއަހަރުގެ ޖޫންމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްއެސްސީ އިމްތިހާނަށް ފަހު އަންނަ މަހުގެ ދެ ވަނަ ދުވަހު ކެމްބްރިޖް އޯލެވެލް އިމްތިހާން ފަށާނެއެވެ. އެ އިމްތިހާނުގައި ޖުމުލަ 6،698 ދަރިވަރުން ބައިވެރިވާއިރު، އެއީ 759 ދަރިވަރުންގެ އިތުރުވުމެކެވެ.

އޯލެވެލް އިމްތިހާން ނިމޭނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.

އެހެން އަހަރުތަކާ ޚިލާފަށް އެހެން އަހަރުތަކުގައި އަތުކުރި ގަޑި އަޅައިގެން އިމްތިހާން ހޯލުގައި އިނދެވުނު ނަމަވެސް މިފަހަރަަކު ނީނދެވޭނެއެވެ.

އެގޮތުން އާދައިގެ އަތުކުރި ގަޑިއެއް އިމްތިހާން ހޯލަށް ވެއްދުނު ނަމަވެސް، އެ ބާއްވަން ޖެހޭނީ އިންވިޖިލޭޓަރަށް ފެންނަ ގޮތަށް މޭޒުމަތީގައެވެ. އެ ބަދަލު ގެންނަން ނިންމީ ކޭމްބްރިޖުން ފޯރުކޮށްދޭ ހުރިހާ އިމްތިހާނެއްގެ މައި އިދާރާ ޖޭސީކިޔުގެ ލަފާގެ މަތިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top