ދެވަނަބުރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުުރުސަތު ޓިވެކް އިން ހުޅުވާލައިފި

38765217_10157755074358009_785635765676670976_n-800x450-800x450.jpg

ކިހާދުގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ފޮޓޯ : މުހައްމަދު ޒުބޭރު އެފްބީ ޕޭޖް

ބ.ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަން އިން ހިންގަމުން އަންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު، (ޓިވެކް ) ގެ ދެވަނަ ބުރުގެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯސް ތަކުގެ ތެރޭގައި ހިމެނެނީ ޕެޓްރޯލާއި ޑީސަލް އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން ، އެއާކޮންޑިޝަން ، ރެފްރިޖަރޭޓަރ މަރާމާތު ކުރުން އަދި  ޕްލަންބަރ ކޯހެކެވެ.

50 ކުދިންގެ ޖާގައިގެ މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އަންނަ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހު މުއްދަތު ހަމަވާނެ އެވެ.

ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ޓިވެކް އިން ހިންގާ މި ކޯސްތައް 18 ހަފްތާގެ ނިޔަލަށް ކުރިއަށްގެންދާއިރު މިއީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ކޯސްތަކެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ޒުވާނުން ބައިވެރި ކޮށްގެން ޓިވެކްގެ ފުރަތަމަ ބެޗުގައި ބައިވެރިވި 44 ދަރިވަރުން ވަނީ މިދިޔަ މަހު މި ކޯސްތައް ފުރިހަމަކޮށްފައެވެ.

ޓިވެކްގެ ކިޔެވުން ބޮޑަށް  އަމާޒު ކޮށްފައި ވަނީ، ރަސްމީ ތައުލީމު ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށެވެ. އެގޮތުން މިހާރު ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުން ދިޔަ ނަމަވެސް ކުރިމަގުގައި އެޑްވާންސް ސެޓްފިކެޓްގެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓިވެކް އިން ވިދާޅުވެ އެވެ.

މި ސެންޓަރުން ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. 200 ކުދިންގެ ޖާގައިގެ ކެމްޕަހެއްވެސް މި ސެންޓަރުގައި ހުންނައިރު މިކެމްޕަހުގައި ދަރިވަރުންނަށް ކެއުން ވެސް ހަމަޖައްސައިދޭނީ ހިލެއެވެ.

ދެވަނަ ބުުރުގައި ހިންގާ ކޯސްތަކުގައި ބައިވެރިވުމަށް އެތަނުގެ ވެބްސައިޓް ޓީވީއީސީޑޮޓްއެމްވީ އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ. އަދި ކިހާދޫގައި ގާއިމުކޮށްފައިވާ ޓިވެކްގެ އޮފީހަށް (ސްޓޫޑަންޓް ސާވިސް 7434324) އަށް ގުޅުމުން ފޯމް އީމެއިލް ވެސް ކޮށްދޭނެ އެވެ.

އެ މަރުކަޒުގެ ކިޔެވުން ދެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top