ސްޓޫޑެންޓް ލޯނު ދެއްކުން އަންނަ އަހަރާ ހަމައަށް ފަސްކޮށްދީފި.

big_yNlgCH2nEpGz5iDi1TiNvzeBf.jpg

ފޮޓޯ :ޕީއެސްއެމް

މަތީ ތައުލީމަށް ކިޔާވާ ކުދިންނަށް ސަރުކާރުން ދީފައިވާ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ އާންމުނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކާ ގުޅިގެން ލޯންތައް ދެއްކުން ކުރިން ފަސްކޮށްދީފައިވަނީ މިއަހަރުގެ މާޗް މަހު އެވެ. ލޯންތައް ދެއްކުން އެފަހަރު ފަސްކޮށްދިނީ މި ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެެ

އެކަން ހާމަކޮށް މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއެކު، އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަަށެވެ.

ކޮވިޑާ ގުޅިގެން ސްޓޫޑަންޓް ލޯނު ދެއްކުން ފަސްކޮށްދިން އިރު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮވިޑުގެ ސަބަބުން މާލީ ގޮތުން ދަތިތަކާ ކުރިމަތިވި ދަރިވަރުންނަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top