ދިރާގުގެ ޚާއްސަ ޕްރޮމޯޝަނެއް

1525675319.jpg

ރާއްޖޭގެ މުވާސާލާތުގެ ޚިދުމަތް ދޭ އެންމެ ގިނަދުވަސްވީ ކުންފުނި ދިރާގުން ބޮޑު ޑިސްކައުންޓަކާ އެކު ޚާއްސަ ޕްރޮމޯޝަނެއް ފަށއިފިއެވެ.

މި ޕްރޮމޯޝަނުގައި ފައިބަރ ކަނެކްޝަން ބޭނުންވާ މީހުންގެ ގެއަށް ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޕަސެންޓް ޑިސްކައުންޓެއް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

މިދިޔަ ބުދަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ..

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް،  މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 40 ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top