މިފްކޯއިންވެސް ތެލުގެ އަގު ބޮޑުކޮށްފި

big_9r1TiBOeblvBHVt23z6MVxn1H.jpg

ފޮޓޯ: ޕީއެސްއެމް

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ވެސް މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ، އެކުންފުނީގެ މަސްގަންނަ ސެންޓަރުތަކާއި، ބޯޓު ފަހަރުން ޑީސަލް ވިއްކާ އަގުތަކަށް ބަދަލު ގެނެސް މަސް ދޯނި ފަހަރަށް ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 12.68 ރުފިޔާ އަށް ކަމަށެވެ.  އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 15.00 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެފައިވެއެވެ.

މީގެ ކުރިން މިފްކޯ އިން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއްވިއްކީ 12.08ރުފިޔާ އަށެވެ. އާންމު ފަރާތަކަށް ލީޓަރެއް ވިއްކާފައިވަނީ 14.26 ރުފިޔާ އަށެވެ.

މިފްކޯ އިން ތެލުގެ އަގު ބޮޑު ކުރި ނަމަވެސް މަސް ގަންނަ އަގަށް ބަދަލެއް ނާދެއެވެ. މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަލާއިރު މިފްކޯގެ ފެކްޓްރީތަކަށާއި ބޯޓުފަހަރަށް އައިސް ކޮށްފައި ހުންނަ މަސް ކިލޯއެއް ގަންނަމުން ދަނީ 16 ރުފިޔާ އަށެވެ. އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާ އަށެވެ. އައިސް ކޮށްފައި ހުންނާނީ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ ކިލޯއެއް 9 ރުފިޔާ އަށެވެ. އައިސްނުކޮށް ހުންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

ތެލުގެ އަގު ބޮޑުވަމުން އަންނައިރު ވެސް މަހުގެ އަގު ބޮޑު ނުކުރާތީ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top