ރާއްޖެއަށް ސްޓާލިންކް އިންޓަނެޓް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

img_sm_202106250627421624627662.3957.jpeg

ހައި ސްޕީޑް އިންޓަނެޓް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުން ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ސްޕޭސް އެކްސް ކުންފުނިން މަޝްވަރާ ކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިކަމާ ގުޅޭ ގޮތުން މިނިސްޓަރު އައިމިނަތު ޝައުނާ އާއި، ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓާ ރަޔާން ގުޑްނައިޓް އިއްޔެގެ ވަގުތެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މަޝްވަރާ އާ ގުޅޭ އިތުރު ތަފްސީލެއް އެންވަޔަރަމަންޓް މިނިސްޓްރީން ނުދެއެވެ.

ސްޕޭސް އެކްސް ކުންފުނިން ދަނީ ސްޓާލިންކްގެ ނަމުގައި ސެޓެލައިޓް މެދުވެރިކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދެމުންނެވެ.

ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރިއިރު، މި ސަރަހައްދަށް ސްޓާލިންކްގެ ޚިދުމަތް ލިބެން ފެށުމުން އެ ޚިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ޝައުނާ ކުރިން ވިދާޅުވެފައިވެ އެވެ.

ސްޓާލިންކް އިން ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ ބައެއް ގައުމުތަކަށް އިންޓަނެޓު ހިދުމަތް ދިނުމަށް ޕްރޯ އޯޑަރަށް މިދިޔަ އަހަރު ވަނީ ހުޅުވާލައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top