ފަހަތުން އަރައި މިލައިދޫ ބަލިކޮށް އަނަންތަރާ މޮޅުވެއްޖެ

DSCN3287.jpg

އަނަންތަރާއާއި މިލައިދޫ ބައްދަލު ކުރި މެޗްގެ ތެރެއިން

އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުށީ ރަސްމީ ދަނޑުގައި އަނަންތަރާ ކިހަވައް ސްޓްރައިކާސް އާއި މިލައިދޫ އައިލެންޑް މޯލްޑިވްސް ބައްދަލު ކުރިމެޗު، ފަހަތުން އަރައި އަންނަތަރާ 2-1 އިން މޮޅު ވެއްޖެއެވެ.

މި މެޗުގައި ފުރަތަމަ ސްކޯރ ކުރީ މިލައިދޫ އެވެ. މެޗްގެ 17ވަނަ މިނިޓްގައި މިލައިދޫއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ  މުހައްމަދު އަކްރަމެވެ. އެހެންނަމަވެސް އޭގެ ފަހުން އަނަންތަރާ ، މެޗުގެ ތެރެއަށް ރަނގަޅަށް ވަދެ ކުޅެން ފެށުމާއެކު 31ވަނަ މިނިޓްގައި އަނަންތަރާގެ ފުރަތަމަ ލަނޑު އެޓީމުގެ ހުސެން ނަޒީހު ކާމިޔާބު ކޮށްދީ ނަތީޖާ 1-1 އަށް ބަދަލު ކޮށްލިއެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް އަނަންތަރާ ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް ގޯލެއްޖެހޭ ގޮތް ނުވެ ފުރަތަމަ ހާފް ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.

އަނަންތަރާ މޮޅު ކޮށްދިން ލަނޑުޖަހާފައިވަނީ މެޗްގެ 65 ވަނަ މިނިޓްގައި އަޒްލީމް އަބްދުއްސައްތާރު އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނީ އަނަންތާރާގެ ފުރަތަމަ ލަނޑުވެސް ޓީމަށް ކާމިޔާބު ކޮށްދިން ހުސެން ނަޒީހުއެވެ.

މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ޓޭބަލްގެ އެއްވަނައިގާ އޮތް ޓީމް ސޮނެވާއާއި ދެވަނައިގާ އޮތް ދުސިތު ތާނީއެވެ. މި ދެޓީމްވެސް ވަނީ އެއް މެޗް ކުޅެގެން މޮޅުވެ 3 ޕޮއިންޓާ އެކުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top