ފަތުރުވެރިކަމުގެ ދާއިރާއަށް 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

baros-maldives-photo-gallery.jpg

މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މިޕްރޮގްރާމްގައި 26 ދާއިރާއަކުން މީހުން ތަމްރީނުކުރުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ
1 – ސްޓޯރ ކީޕަރ
2 – ޕަވަ ހައުސް އޮޕަރޭޓަރ
3-  މެރިން މެކޭނިކް
4 – ފުޑް އެންޑް ބެވަރޭޖް ޕާސަނަލް
5 – ގެސްޓް ރިލޭޝަން އޮފިސަރ
6-  އިލެކްޓްރީޝަން / ޓެކްނީޝަން
7-  ގާޑްނަރ
8 – ޑައިވިންގ / ވޯޓަރސްޕޯޓްސް
9 – ފްރޮންޓް އޮފީސް
10 – އެސިސްޓެންޓް ޗީފް އިންޖިނިއަރ
11 – ލައިފްގާޑް
12 – ލޯންޑްރީ އެޓެންޑެންޓް
13 – ހެލްތް އެންޑް ވެލްނަސް
14 – ސެކިއުރިޓީ އޮފިސަރ
15 – އިންޖިނިއަރ
16 – ކިޑްސް ކުލަބް އެޓެންޑެންޓް
17 – ފުޑް ޕްރެޕަރޭޓަރ
18 – ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް
19 – ޖެނެރަލް ކޭޝިއަރ
20 – ރޫމް އެޓެންޑެންޓް
21 – ޓުއަރ ގައިޑް
22 – އައިޓީ ޓެކްނީޝަން
23 – އެއާޕޯޓް ރިޕްރެޒެންޓޭޓިވް
24 – ޓިކެޓިން އެންޑް ރިޒަވޭޝަން
25 – ލޮޖިސްޓިކް / އެޑްމިން އޮފިސަރ
26 – ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ

ލެވެލް ތިނަކާއި ލެވެލް ހަތަރަކަށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގެރާމްގައިކިޔަވައިދެނީ ސެޓްފިކެޓް ލެވެލް ތިނަކާއި ހަތަރަކަށެވެ. ސެޓްފިކެޓް ލެވެލެ ތިނަކަށް ވަނުމުގެ ޝަރުތަކީ ގްރޭޑް 7 ނިންމާފައި ވުމެވެ. މި ލެވެލްގައި ހަމަސްދުވަސްވަންދެން 40 ގަޑިއިރު ކިޔެވުމާއި 160 ގަޑިއިރު ދަސްވާރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން އިމްތިހާނެއްވެސް ހަދަން ޖެހެއެވެ.

ލެވެލް ހަތަރަކަށް ވަނުމުގެ ޝަރުތަކީ ސާނަވީ ސްކޫލް ނިންމާ އިމްތިހާނަކުން ތިން ސީ ފާސް ލިބިފައިވުން ނުވަތަ ދާއިރާއާ ގުޅުންހުރި ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމެވެ. މި ލެވެލްގައި އަށްމަސް ދުވަސް ވަންދެން ޖުމްލަ 200 ގަޑިއިރު ކިޔެވުމާއި 400 ގަޑިއިރު ދަސްވާރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން އިމްތިހާނެއް ވެސް ހަދަން ޖެހެ އެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) އިން ބުނީ މި ކޯސްތަކަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކަށް ނުޖެހޭނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ ފޯމާއި، އައިޑީކާޑުގެ ކޮޕީއާއި، ތައުލީމީ ސަނަދުތަކުގެ ކޮޕީއާއި، ވަޒީފާ އަދާކުރާ ފަރާތެއްނަމަ މިކޯސް ހެދުމަށް ވީއްލާނެކަމުގެ ލިޔުން ބޭނުންވާނެ ކަމަށް ޓިވެޓުން ބުނެ އެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ލިޔުންތައް ހުށަހަޅާނީ ގާޒީ ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ ޓިވެޓް އޮފީހަށް ކަމަށާއި އެ އޮތޯރިޓީއަށް އީމެއިލް ކުރެވިދާނެ ކަމަށްވެސް ޓިވެޓް އިން ބުނެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް އެެދޭ ފޯމް ޓިވެޓްއާއި އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ފަހު ތާރީހަކީ އަންނަ މެއި މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top