200 ބައިވެރިންނާ އެކު ބ. އަތޮޅު ކައުންސިލުގެ މި އަހަރުގެ ”ބ. އަތޮޅު ގުރުއާން މުބާރާތް“ މިރޭ ފަށައިފި އެވެ.
ބ.އަތޮޅު ރަށްރަށުގެ ކައުންސިލުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މި ފަހަރު 12 ރަށަކުން ވާދަކުރެ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދެމިގެންދާ މި މުބާރާތް ކުރިއަށް ދަނީ އޭދަފުށީ މަލްޓިޕާޕަސް ހޯލްގައެވެ.
މި ފަހަރުގެ މުބާރާތުގެ ޖަޖުންނަކީ ރާއްޖޭގައި ކީރިތި ޤުރްއާންގެ އިލްމު އުނގަންނައިދިނުމާއި މިފަދަ މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރައްވާފައިވާ މަޝްހޫރު ތިން ގާރީއެކެވެ.