ފޯސީޒަން ލަނޑާ ގިރާވަރުގައި ދުނިޔޭގެ 1ވަނަ ބޮކްސިން ކުޅުންތެރިޔާ . ރެއަކަށް 20000 ޑޮލަރު

l_146132480510TVmq.jpg

މޭވެދާ ލަނޑާގިރާވަރުގައި. ފޮޓޯ : މޭވެދާ އިންސްޓަގްރާމް.

ނިއުޔޯކާއި ޑުބާއީއަށް ދިއުމަށް ފަހު ރިޓާޔަރކޮށްފައިވާ ދުނިޔޭގެ އެއްވަނަ ބޮކްސިން ކުޅުންތެރިޔާ ފްލޯއިޑް މޭވެދާ މިހާރުހުރީ ރާއްޖޭގެ ލަނޑާގިރާވަރުގައި ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

އޭނާގެ ޓީމުގައި އޭނާއާއެކު 20 މީހުންވެސް ރާއްޖެއައިސްފައިވަނީ އޭނާގެ އަމިއްލަ ޖެޓް އެއަރ މޭވެދާ ގައެވެ.

މީގެ އެއްދުވަސްކުރިން މޭވެދާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ އުދުހެމުން މިދަނީ އެއަރމޭވެދާގައި ކަމަށާއި ލަގެޖްތަކާއި އެހެނިހެން ވިޔަފާރިތަކަށް އަދި އިތުރު އެއް ޕްރައިވެޓް ޖެޓް ޗާޓަރު ކޮށްފައި ވާނޭ ކަމުގައެވެ. އަދި މިހާރު އުދުހެމުން މިދަނީ ރީތި ދިވެހިރާއްޖެއަށް ކަމުގައިވެސް އޭނާގެ އިންސްޓަގްރާމް ގައި ބުނެފައިވެއެވެ.

ލަނޑާގިރާވަރުގައި މޭވެދާ ޗުއްޓީ ހޭދަކުރަމުންދަނީ އެރިސޯޓުގެ ޕްރައިވެޓް ބީޗަކާއެކު ރެއަކަށް 20000 އެމެރިކާ ޑޮލަރަށްކަމުގައި އޭނާ ބުނެފައިވެއެވެ.

ފޯސީޒަންގެ ވެބްސައިޓުގައި ވަނީ މޭވެދާ ޗުއްޓީ ހޭދަކުރަމުންދާ ލަނޑާ އެސްޓޭޓަކީ އެ ރިސޯޓުގެ ހާއްސަ ސުއިޓެކެވެ. ބޮޑު މިނުގައި 8611 ސްކުއޭ ފޫޓު ހުންނަ އެ ތަނުގައި 262 ފޫޓުގެ ދިގު ޕްރައިވެޓް ބީޗެއް ވެސް އޮވެއެވެ.

މިހާތަނަށް 49 މެޗު ކުޅެ އެއްވެސް މެޗަކުން ބަލިވެފައިނުވާ މޭވެދާއަށް މިދިޔަ އަހަރު ވަނީ 300 މިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top