އީސީގެ ވިސްނުމަކީ މަޖިލީހަށް ކޮންމެ އަތޮޅަކުން ދެ މެންބަރުން

large_158451297642QlIm.jpeg

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވިސްނުމަކީ މަޖިލިސް މެންބަރުންގެ އަދަދު 77 އަށް މަދުކުރުން ކަަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުވާދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ ޚިޔާލު ހޯދުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށައެޅުއްވި ގަރާރުގެ ކޮމިޓީ މަރުޙަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ މަޖިލީހުގެ މެންބަރުންގެ އަދަދަށް ގެންނާނެ ބަދަލާ ގުޅޭ ގޮތުން އީސީގެ ބަހެއް ހޯދުމެވެ. ބައްދަލުުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އީސީގެ ވިސްނުން ހިއްސާކުރައްވަމުން ފުއާދު ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު 77 އަށް ތިރިވާންޖެހޭ ކަމަށެވެ. އެއީ މާލެއަށް ދެ ގޮނޑި އާއެކު ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދެން ހުރި ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، 77ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް މަޖިލިސް އިންތިޚާބުގައި ވޯޓު ލެވޭނެ ކަމަށެވެ.

”އަޅުގަނޑުމެންގެ ސްޓޭންޑަކީ 77 ވިޔަސް 65 ވިޔަސް އަދި 75 ވިޔަސް ކެޕްވެފައި ކޮންމެ އަތޮޅަކަށް ދެ ސީޓް ލިބިފައި އާބާދީގެ ނިސްބަތުން ކަނޑައެޅުން.“ ފުވާދު މިއަދު ވިދާޅުވިއެވެ.

ނަމަވެސް, އީސީގެ މި ހުށަހެޅުމުގެ ބަދަލުގައި މަޖިލީހުން އެހެން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެ ކޮމިޝަންގެ މައްސަލައެއް ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު