މާދަމާކުޅެން ހަމަޖެހިފައިވާ ދުވާފަރާއި އޭދަފުށި ބައްދަލުކުރާ މެޗު ފަސްކޮށްފި

DSC_0256.jpg

މި މުބާރާތުގައި އޭދަފުށި-ދުވަފާރު ، ބައްދަލުކުރި ފުރަތަމަ މެޗުގެ އޭދަފުށިން ޖެހި ފުރަތަމަ ލަނޑާއެކު. ފޮޓޯ : އީޓީ

މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ޒޯން3ގައި މާދަމާ ދުވާފަރުގައި ކުޅެން ހަމަޖެހިފައިވާ އޭދަފުށި-ދުވާފަރުގެ މެޗް ކުޅުން ފަސްކޮށްފިއެވެ.

މިމެޗް ކުޅުން ފަސްކޮށްފައިވަނީ އެންމެ ފަހުން ދުވާފަރާއި އޭދަފުށި ކުޅުނުމެޗު ނިމުމުން ދުވާފަރުގެ ސަޕޯޓަރުންނާއި ފުލުހުންނާދެމެދު ހިގާދިޔަ ހަމަނުޖެހުމާ ގުޅިގެން އެމައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީން ބަލައި ނުނިމޭތީއެވެ.

މިއީ ޒޯން3 ގައި ދުވާފަރުގައި އޭދަފުށްޓާ ދުވާފަރު ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަސްކުރި ދެވަނަ ފަހަރެވެ.

ފުރަތަމަ ފަހަރު މެޗް ފަސްކުރީ މޫސުން ގޯސްވެ ދުވާފަރާށް ބޯކޮށް ވާރޭވެހުމާއި ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top