ޓީމް ރޯޔަލް އާ ވާދަކޮށް މިލައިދޫއަށް މޮޅެއް

DSCN3525.jpg

ރޯޔަލް އާއި މިލައިދޫ ބައްދަލު ކުރި މެޗް

އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުށީގައި ކުޅެވުނު މެޗުގައި ޓީމް ރޯޔަލް އާ ވާދަކޮށް 0-2 އިން މިލައިދޫ މޮޅުވެއްޖެއެވެ.

މި މެޗުގައި މިލައިދޫ ގެ ފުރަތަމަ ލަނޑު ޖަހާފައިވަނި މެޗުގެ 26 ވަނަ މިނިޓްގައި މުހައްމަދު އަކްރަމު އެވެ. މިލައިދޫގެ 2 ވަނަ ލަނޑު ޖަހާފައިވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް 75 ވަނަ މިނިޓްގައި  އަލީ ޒުބައިރު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއާ އަށް ހޮވާފައިވަނީ މިލައިދޫ ޓީމްގެ ޖާޒީ ނަންބަރު 11، މުހައްމަދު ތަސްމީން އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސޮނެވާފުއްޓާއި އަމިއްލަފުށި ރިސޯޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top