ޕްލާސްޓިކް އުލާއި ސަމުސާ އެތެރެކުރުނުް ހުއްޓާލައިފި

b_4hjFNJHxgrs9e6OKvKnllezNm.jpeg

އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު، އާމިނަތު ޝައުނާ

ޕްލާސްޓިކާއި ނުލާ ކެމްޕޭނުގެ ދަށުން، އެއްފަހަރު ބޭނުންކުރެވޭ ސަމުސަލާއި އޫ ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްޓާލާފައިވާކަމަށް މިނިސްޓަ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތުރުތަކާއި އެހެން ކަންކަމުގައި ދާއިރު އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އުލާއި ސަމުސާ ބޭނުންކުރުން ހުއްޓާލުމުން ބޮޑު ތަފާތެއް ފެނިގެންދާނެ ކަމުގައެވެ.

މިކަމުގެ އެންމެ ބޮޑު އެއްސަބަބަކީ ދަތުރުތަކަށް ގޮސް ބޭނުން ކުރާ ޕްލާސްޓިކް އުލާއި ސަމުސާ އެއްފަހަރު ބޭނުން ކުރުމަށްފަހު ބީޗުތަކަށް އުކާލާފައި ހުރުން ހުއްޓިގެން ދާނެތީކަމަށް ޝައުނާ އިތުރަށް ވިދާޅުވިއެވެ.

ޕްލާސްޓިކާއި ނުލާ ކެމްޕޭނުގެ ދަށުން މިހާރުވެސް އެއްފަހަރު ބޭނުން ކުރެވޭ އެތައް ވައްތަރެއްގެ ޕްލާސްޓިކްއެއް ވަނީ ރާއްޖެ އެތެރެކުރުން ކުރުން ހުއްޓާލަން ނިންމާފައެވެ. އެގޮތުން ޕްލާސްޓިކް ހޮޅިއާއި ބާޒާރުކުރަން ބޭނުން ކުރާ ކޮތަޅުގެ ވަކި ސައިޒެއްގެ ކޮތަޅުގެ އިތުރުން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ޕްރޮޑަކްޓްތަކެއް ރާއްޖެ އެތެރެ ކުރުން ވަނީ ހުއްޓާލަން ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top