ސްޓޫޑެންޓް ލޯނަށް، 1000 ދަރިވަރުން ކުރިމަތިލި

307409_3_35711dbc4044d4afcb77f8c354d941ea0eadccd4_large.jpg

އެމްއެންޔޫ އިން ބޭއްވި ފަހި ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: އެމްއެންޔޫ

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ހުޅުވާލި 720 ފުރުސަތަށް 1000 ދަރިވަރުން ކުރިމަތިލި ކަމަށް މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހުސެން ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލި ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ.

ފެނަކަ ކޯޕަރޭޝަންގެ “ފެނަކަ އިންސްޓިޓިއުޓް”ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙުސައިން ރޭ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މަސައްކަތުގެ ދާއިރާއަށް ހުނަރުވެރި، ފަންނުވެރި، ޒުވާނުން އުފެއްދުމަށް ޓަކައި ވީހާ ވެސް ގިނަ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

މި އަހަރުގެ ލޯން ސްކީމަށް ހުޅުވާލީ، ސްޓޫޑެންޓު ލޯނު ދޫކުރުމުގައި އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު އެއް އިންސައްތައަށް ކުޑަކުރުމަށް ފަހުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top