ބިލް ދެއްކުމަށް ދަތިވާ ކަސްޓަމަރުންނަށް ދިރާގުން ލުޔެއް .

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

ކޮވިދް -19 އާގުޅިގެން ދިރާގުގެ ބިލަށް ފައިސާ ދެއްކުން ދަތިވާނަމަ އެކަމަށް އެދުމުން އިތުރު ދެމަސް ދުވަހުގެ މުއްދަތެއް ދިރާގުގެ ކަސްޓަމަރުންނަށް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދުމުން ލޭޓް ޕޭމެންޓް ޗާޖަސް، އަދި ރިކަނެކްޝަން ފީ ވެސް ނުނަގާ އެ ކަން ހަމަޖައްސައިދޭނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު ކަމަށް ރެޖިސްޓްރީ ކޮށްފައިވާ ކަސްޓަމަރުންގެ ހިދުމަތްތައް ވެސް މި ޖޫންމަހުގެ ނިޔަލަށް މެދުކަނޑާނުލާ ދޭނެ ކަމަށާއި އެ ފަރާތްތަކަށް އިތުރު ގޮތެއް ފެންނަންދެން ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ހިދުމަތް ހޯދުމަށް ފަސޭހަ ޕޭމަންޓް މެތަޑުތައް ވެސް ކަސްޓަމަރުންނަށް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްދިރާގުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top