ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

redwave-promotion-8-2048x1365.jpg

ރެޑްވޭވެ އަހަރީ ބާޒާރުގެ ނަސީބުެވރިން ހޮވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިދިޔަ އަހަރުގެ އޮކްޓޯބަރު ގައި ބޮޑެތި އިނާމްތަކާއެކު ރެޑްވޭވުން ފެށި އަހަރީ ބާޒާރު ޕްރޮމޯޝަނުގެ ގުރުއަތުލުން މިއަދު ނަގައިފި އެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލްގައި ބޭއްވި ގުރުއަތު ނެގުމުގައި 10،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ފަސް ފަރާތަކާއި އިނާމުގެ ގޮތުގައި ރެޑްވޭވުން ވިއްކާ އެކި މުދާ ލިބޭ 10 ފަރާތެއް ވެސް ވަނީ ހޮވާފައެވެ.

އިނާމުގެ ގޮތުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ދިން އިނާމުތަކަކީ 55 އިންޗީގެ ފަސް ޓީވީ، މޮޑާން ސޯފާ ސެޓް، ފޮތް ހަރުގަނޑު. ސެކްޝަނަލް ސޯފާ ސެޓް އަދި ގްލެން އެއާ ޕިއުރިފަޔާއެއްގެ އިތުރުން ނިކާއީ ބްރޭންޑުގެ 18،000 ބީޓީޔޫގެ އޭސީއެކެވެ.

މާލެއާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި މިދިޔަ އަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހުން ފެށިގެން ޖެނުއަރީ 15ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި 500 ރުފިޔާއިން ފެށިގެން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވެއެވެ.

މާލެ އާއި ހުޅުމާލޭގެ ރެޑްވޭވް ފިހާރަތަކުން ކަނޑައަޅާފައިވާ ތަކެތިން ޑިސްކައުންޓް ލިބޭ ގޮތަށް ގެންދިޔަ މި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ރެޑްވޭވުން ބުނެ އެެވެ. ހާއްސަކޮށް ޕްރޮމޯޝަން ތެރޭ ތައާރަފްކުރި މޮލްފިކްސް ނެޕީ އާއި ޝާޕް އޭސީ އަދި އައިސްއަލަމާރި އަށް ކަސްޓަމަރުންގެ ސަމާލުކަން ލިބުނު ކަމަށް ބުންޏެވެ.

މީގެ އިތުރުން، 200 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރި ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާ އަކު ގުރުއަތުލައިގެން ތިން ފަރާތެއްވަނީ ހޮވާފަ އެވެ. އެގޮތުން އެއްވަނަ އަށް 5000 ރުފިޔާ ދެ ވަނަ އަށް 3000 ރުފިޔާ އަދި ތިންވަނައަށް 2000 ރުފިޔާ އިނާމް ވަނީ ކޮންމެ ހަފްތާއަކު ދީފަ އެވެ.

އަދި، ރެޑްވޭވްގެ ފޭސްބުކް ޕޭޖްގައި އެއްމަހަށްވުރެ ގިނަދުވަސްވެފައިވާ “ޓޮޕް ފޭން” ބެޖް ހޯދާފައިވާ ފަރާތަށް ވަރަށް ހާއްސަ އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top