ކަދުރު ބަހާނީ ފަގީރުންނަށް އިސްކަންދީގެން -މިނިސްޓްރީ

235399_3_694aeda8811ec2260c7d54b37e7da79fc4dd171c_medium.jpg

ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރާ ކަދުރު މިއަހަރުވެސް ލިބިފައިވުމާއެކު  މިއަހަރު ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަން ދިނުމަށް އިސްލާމިކް މިނިސްޓްރީއިން ކައުންސިލްތަކަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މާލެއާއި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު ބެލުމަށްފަހު، މިދިޔަ އަހަރު އެ މިނިސްޓްރީގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުސޫލުންނެވެ.

މިގޮތުން ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރެވެ.

ސައޫދީ އަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 33 ޕަކެޓް ކަދުރެވެ.

ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެނެސް އެ ލިޔުމުގެ ސައްހަކަމަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

އެ މިނިސްޓްރީ އިން ވަނީ ކައުންސިލްތަކުގެ ފަރާތުން ކަދުރާ ހަވާލުވާނެ މީހުން ރަމަޟާން މަހުގެ ހެނދުނު 9:30 އާއި 17:00 އާއި ދެމެދު އެ މިނިސްޓްރީ އަށް ގޮސް ކަދުރާ ހަވާލުވާން އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top