ޝައިޚް މަޖީދުގެ ދަރެސް: ރޯދަ އަޅުކަމަކަށް ވާގޮތް

b25lY21zOjRmNjEwOTM3LWRiM2UtNDRhMi05MjIxLTE1ZDk2ZmMzYTc2Yjo3MjhjOWYyNy0yMzY0LTRiYjEtYmFkYi1iMTkwZTI3MjY4Nzc.jpg

އަޅުކަންތައްތަކަކީ، ހަމައެކަނި ނަމެއްގައި ކޮށްލުމަށް މާތްﷲ ކަނޑައަޅުއްވާފައިވާ ކަންތައްތަކެއްނޫނެވެ. އެއީ އެކަންތައްތަކުން ﷲގެ އަޅުތަކުންނަށް އެތައްއެތައް މަންފާތަކެއް ލިއްބައިދޭގޮތަށް މާތްﷲ ޝަރްޢުކުރައްވާފައިވާ އަޅުކަންތައްތަކެކެވެ. އެގޮތުން ރޯދައަކީ، ޞިއްޙީގޮތުންނާއި، އިޖްތިމާޢީގޮތުންނާއި، އަޚްލާޤީގޮތުންނާއި، އަދި ރޫޙާނީގޮތުން ވަރަށްގިނަގުނަ ފައިދާތަކެއް ކުރާނޭ އަޅުކަމެކެވެ.

ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވަނީ،( يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ) (އަލްބަޤަރާ183)                   މާނައީ، “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެމީހުންގެމައްޗަށް ރޯދަ ފަރްޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރްޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.” އިސްވެދިޔަ ބަސްފުޅުން ދޭހަވާ ގޮތުގައި ރޯދަ އަކީ، ހުރިހާ އުންމަތް ތަކަކަށްވެސް މާތްﷲ ފަރްޟު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި ރޯދައަކީ، މީސްތަކުން ނުބައި ކަންތަކުން ދުރުހެލިކޮށް މާތްﷲގެ އަމުރުފުޅުތަކާ އެއްގޮތަށް އުޅުމަށް މަގުފަހި ވެގެންދާނޭ ކަމެކެވެ. އެގޮތަކީ، ފަޖްރުއްޞާދިޤުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން، ނުކައި ނުބޮއި ތިބޭތިބުން، ފައިދާހުރި ކަމެއްގެގޮތުގައި(އެބަހީ: ﷲގެ ދަރުމައާއި ޘަވާބުލިބެނިވި ކަމެއްގެގޮތުގައި) ވެގެންދާނީ، މާތްﷲ ނަހީކުރައްވާފައިވާ އެންމެހާ ކަންކަމުން ދުރުހެލި ވެގެންނެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަނީ، (من لم يدع قول الزور والعمل به فليس لله حاجة أن يدع طعامه وشرابه) (رواه البخاري) އިސްވެދިޔަ ބަސްފުޅުން ދޭހަވާގޮތުގައި ރޯދައިގެ ދަރުމައާއި ޘަވާބު ރޯދަވެރިޔާއަށް ލިބޭނީ، ދޮގުހެދުމާއި، ޣީބަ ބުނުމާއި. ދެބައޮޑުވުމާއި، އަދި މިނޫންވެސް ބޭކާރު ވާހަކަތާއި، މަކަރުވެރި ޢަމަލުތަކުން ދުރުހެލި ވެގެންނެވެ. މިގޮތަށް ޢަމަލުތައް ނުބަހައްޓާނަމަ، ރޯދަވެރިޔާއަށް އޮތީ ހަމައެކަނި ކަރުހިއްކުމާއި، ބަޑުހައިކަމެވެ.

އަޅުގަނޑުމެންނީ އެންމެހާ ނުބައިކަންތައްތަކުން ދުރުހެލިވެ ތިބެ، ﷲގެ ދަރުމައާއި ޘަވާބަށްއެދި ރޯދަ ހިފާ ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top