ކެންދޫ ސުކޫލްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް ނިންމައިފި

img_md_202604070201541775552514.7304.jpg

ބ. ކެންދޫ ސްކޫލުގެ ފުރާޅާއި އެ ރަށުގެ ބަނދަރު ސަރަހައްދުގައި 249.7 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމާއި، 200 ކިލޯވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ކެންދޫ ސްކޫލުގެ ފުރާޅާއި އެ ރަށުގެ ބަނދަރު ސަރަހައްދުގައި 249.7 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމާއި، 200 ކިލޯވޮޓުގެ ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް މިހާރު ވަނީ އިންސްޓޯލުކޮށް ނިންމާފަ އެވެ.

މި މަސައްކަތް ކުރުމުގައި ކެންދޫ ފެނަކަ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުން ފެނަކަ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

މި މަޝްރޫއަކީ ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top