ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ނުވަތަ ޑަބްލިޔުޑީސީ ތައް ގާނޫނީ ވަކި ޝަޚްސަކަށް ހަދަން ޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރ.މަޑުއްވަރީ ދާއިރާގެ މެންބަރު، އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އިއްޔެ އާދަމް ޝަރީޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑަބްލިޔުޑީސީ ބާރުވެރިކަން ލިބޭނީ މުސްތަގިއްލު ކަމާއެކު ހަރަކާތްތައް ހިންގޭނެ ނިޒާމެއް ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދީގެން ކަމަށެެވެ.
“މޮހޮނަށް އޮޑި ދިން ހެން” އާރެއް ބާރެއް ނެތް ގޮތަށް ޑަބްލިޔުޑީސީ އަށް ބަޖެޓްގެ 5 ޕަސެންޓް ދީގެން ނަތީޖާ ނެރެން ދަތިވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެެވެ.
WDC ah baaruverikan libeynee musthaqillukamaaeku harakaaiythah hingeyne nizaameh qaanoonee imugetherein foarukohdhevigen. "Mohonah odi" dhinhen, aareh baareh neiy gothakah WDC ah budget ge 5% in natheejaa neren dhathivaane! WDC akee qaanoonee vaki shakhusakah hadhanjehey!
— Adam Shareef Umar (@Adamshareefz) August 22, 2022
ލާމަރުކަޒީ ނިޒާމް ހިންގުމުގައި ޑަބްލިޔުޑީސީ އަށްވަނީ މުހިއްމު ޒިންމާތަކެއް ހަވާލުކޮށްފައެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެނުންގެ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.