”ބޭންކް ފަންޑް“އަށް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ

ކޖކ.jpg

ބީއެމްއެލްގެ އެހީގައި އަޅާފައިވާ ގްރީން ހައުސްއެއް --- ފޮޓޯ/ ބީއެމްއެލް

ދެލައްކަ ރުފިޔާ ލިބޭ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަދުވަހު ހަމަވާނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ދެލައްކަ ރުފިޔާ ލިބޭ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އިން ހުޅުވާލީ މިދިޔަ މަހުގެ 21 ގައެވެ.

ބޭންކް ފަންޑްއަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ފަންޑެކެވެ.

ބޭންކް ފަންޑަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުންނެވެ. އެއީ ތައުލީމު، ކުޅިވަރު ތިމާވެށި އަދި މުޖުތަމައުއަށް ފައިދާ ކުރާނެ ޕްރޮޖެކްޓް ތަކަށެވެ. އެ ޕްރޮޖެކްޓްތަކަކީ ސަސްޓޭނަބަލް އަދި މުޖުތަމައަށް ފައިދާ ކުރާނެ ޕްރޮޖެކްޓް ތަކަކަށް ވާންޖެހެއެވެ. އަދި ޕްރޮޖެކްޓުތައް މެދުވެރިކޮށް އާމްދަނީވެސް ހޯދިދާނެއެވެ.

ބޭންކް ފަންޑް ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތްތަކަށާއި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހަޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ސަސްޓެއިނަބަލް އަދި މުޖްތަަމައުއަށް ފައިދާ ކުރާ ކަމެއް ހިމެނޭ ގޮތަށް ކޮންމެ ދާއިރާއަކުން ފަސް ޕްރޮޖެކްޓު ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top