ޖުލައި 26 އިން ފެށިގެން އޮގަސްޓް 3 އަށް ސަރުކާރު ބަންދު

big_Yi4wnM26FK2hXoYbDqHl6oYt0.jpg

ރައީސް އޮފީސް

ރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޖުލައި މަހުގެ 26 ވަނަ ދުވަސް ކޮވިޑްގެ ނުރައްކަލާ ގުޅިގެން ފާހަގަ ނުކުރަން ސަރުކާރުން ނިންމާފައިވީ ނަމަވެސް ޖުލައި 26 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 2 އަށް ސަރުކާރު ބަންދުވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރައީސް އޮފީހުން ކަނޑައަޅާފައި ވާ ޑައިރެކްޓްރީގައި ވާ ގޮތުން ޖުލައި މަހުގެ 26 އަދި 27 ބަންދު ކަމަށް ހަމަޖައްސާފައި ވަނީ މިނިވަން ދުވަހާ ގުޅިގެން ކަމަށެވެ. އަދި އެ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 28 އަދި 29 ބަންދު ދެދުވަހުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

މި މަހުގެ 30 ވަނަ ދުވަސް ހައްޖު ދުވަހަށް ވާއިރު 31 ވަނަ ދުވަހަކަީ އަޟްހާ އީދެވެ. އެ ދުވަސް ވަނީ ހުކުރު ދުވަހަކަށެވެ. އަދި އޯގަސްޓް 1 ވާ ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހަށް ވާ އިރު އޯގަސްޓް 2 އަދި 3 މި ދެ ދުވަހަކީ އަޟްހާ އީދާ ގުޅިގެން ބަންދު ކުރާ ދުވަސްތަކެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި އެހެން އަހަރުތަކުގައި ބާއްވަމުން އަންނަ ކުޅިވަރުތަކާއި ރައީސްގެ ދެކަނބަލުންގެ ބައްދަލު ކުރެއްވުން މިއަހަރު ކެންސަލް ކުރެވިފައި ވީ ނަމަވެސް މިނިވަން ދުވަހު ހެނދުނު 10:00 ގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގައުމާ މުޚާތަބު ކުރައްވާނެކަން ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top