ރޯދަ މަހު ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް އެދިއްޖެ

ހުހު.jpg

މިއީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓް ހަރަދުނުކޮށް، ކަރަންޓް ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ އާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސް މަހަށް ވުރެ އިތުރު މަހަކަށް ވުމުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗު އަދި އޭޕްރީލް އަކީ ރާއްޖެއަށް އެންމެ ހޫނުވާ މަސްތައް ކަމަށް ވާއިރު، ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވާނީ މެންދުރު ފަހު 2:00 ގައި ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.

މި ދުވަސްވަރު ހޫނުވާ މިންވަރު އިތުރުވަނީ މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މީގެއިތުރުން މިއަހަރަކީ ވެސް އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ އިން ވެސް ވަނީ ލަފާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top