ވޯލްޑް ސްޕާ އެވޯޑްގައި ބ.އަތޮޅުގެ ދެ ރިސޯޓް ނޮމިނޭޓް ވެއްޖެ

Westin-Maldives1.jpg

ފޮޓޯ : ދަ ވެސްޓިން-މޯލްޑިވްސް މިރިޔަންދޫ ރިސޯޓް

މިއަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި “އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން” އަށް ރާއްޖޭގެ 13 ރިސޯޓު ނޮމިނޭޓް ވެފައިވާ އިރު އޭގެ ތެރޭގައި ބ.އަތޮޅުގައި ހިންގާ ދެ ރިސޯޓު ހިމެނިއްޖެއެވެ. އެ ދެ ރިސޯޓަކީ ސްޕާ އެޓް އަނަންތާރާ ކިހަވައް އަދި ހެވަންލީ ސްޕާ އެޓް ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ އެވެ.

މީގެ އިތުރުން ރާއްޖޭގެ ބެސްޓް ވެލްނެސް ރިޓްރީޓް އެވޯޑަށް ނުވަ ރިސޯޓެއް ނޮމިނޭޓު ވެފައިވާއިރު އޭގެ ތެރޭގައި ބ.އަތޮޅުގައި ހިންގާ ފޯ ސީޒަންސް ލަނޑާގިރާވަރު ރިސޯޓާއި ސޮނެވާފުށީގެ ސިކްސް ސެންސެސް ސްޕާ ކުންފުނަދޫ ހިމެނެއެވެ.

މި އެވޯޑުތަކަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ފުރުސަތު ސެޕްޓެމްބަރު 30 ގެ ނިޔަލަށް އޮންނާނެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، ވޯލްޑް ސްޕާ އެވޯޑްސް އަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށެވެ. އެހެންކަމުން އެފަދަ އެވޯޑަކަށް ރާއްޖެ ނޮމިނޭޓް ވެގެން ދިއުމަކީ ރާއްޖޭގެ ސްޕާ ހިދުމަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top