އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތުގެ 79 އިންސައްތަ ނިމިއްޖެކަމަށް އެމްޓީސީސީ އިން ބުނެފި

3333.jpg

އޭދަފުށީގެ މަގުތަކުގައި ތާރު އަޅަން ފަށާފައި.

2015 ވަނަ އަހަރުން ފެށިގެން ކުރިއަށް ދާ އޭދަފުށީގެ 17 މަގު ހެދުމުގެ މަސައްކަތުގެ 79އިންސައްތަ ނިމިއްޖެކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މިއަދު އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބ. އޭދަފުށި މަގު ހެދުމުގެ މަޝްރޫޢުގެ 79 ޕަސެންޓް މަސައްކަތް ނިމިއްޖެކަމުގައެވެ. މި މަޝްރޫއުގެ ތެރެއިން ސްޓޯރމް ވޯޓަރ ނެޓްވަރކް ގާއިމް ކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލެޔަރ އެޅުމުގެ މަސައްކަތުގެ 64 ޕަސެންޓް މިހާރު ވަނީ ނިމިފައިކަމަށްވެސް އެމްޑީގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭ ކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވިދާޅުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން 2015 ވަނަ އަހަރު އޭދަފުށީގެ 17 މަގު، ރަނގަޅު ފެންވަރަކަށް ހެދުމަށް  ހަވާލު ކޮށްފައިވަނީ އެމްއާރްޑީސީ އާއެވެ. އެމްއާރްޑީސީ އާ ހަވާލު ކުރި މިމަސައްކަތް ފުރިހަމަ ސްޕީޑްގައި ކުރިއަށް ނުގެންދެވި އޮއްވާ އެ މުވައްސަސާ އުވާލުމުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހައުސިންގ މިނިސްޓްރީ އިންނެވެ.

ރައީސް ޔާމީންގެ ސަރުކާރު ނިމުުނުއިރު މި މަސައްކަތުގެ ބޮޑުބައި އޮތީ ނިމި ތާރު އަޅަން ތައްޔާރުވެފައެވެ. އެކަމަށް ބޭނުންވާ މެޝިންތައްވެސް ގެނެސް ތާރު އެޅުމުގެކުރިން އަޅާ ކޮންކްރީޓް ލޭޔަރ ވެސް އެއް މަގުގައި އަޅާފައެވެ. އެހެންނަމަވެސް އެހާހިސާބުން މަސައްކަތް އޮތީ ހުއްޓިފައެވެ.

މި ސަރުކާރުން މިމަސަައްކަތް ނިންމުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ ފަރާތުން އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އެފްރީލް މަހުއެވެ. 38.4 މިލިއަން ރުފިޔާ އަށް 8 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އޭރު އެމްޓީސީސީ އިން ވެސް ބުނީ ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިންމާނޭ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top