ރޯދައަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ކާޑުގެ އެހީ

large_170514485013TKMY.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު: - ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާ އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެ ކުރުމުގައި އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެނައުމަށް އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ.

“އަޅުގަނޑުމެންވާނީ ތުރުކީއާ އެކީގައި އެއްބަސްވެފައި މިހާރު. ހަނޑޫ ހަކުރު ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ވާވަރަށް ވުރެ އިތުރަށް %10 ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި، މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި، ފެބްރުއަރީ މަހު އަންނާނެ.” ރައީސް ވިދާޅުވިއެވެ.

އެއާ އެކީގައި ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ ޚަރަދުގައި ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރު އެ އަދަދު އެއަށް ވުރެ އިތުރުކުރުން ކަމަށެވެ.

“އަޅުގަނޑުމެން އަމިއްލަ ފައި މައްޗަށް ތެދުވާނީ އިރާދަކުރެއްވިއްޔާ އެއްވެސް ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް،” ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އެތެރެކުރާ ބޭސް ވެސް ޔޫރަޕުންނާއި އެމެރިކާއިން އެތެރެކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާ ލަސްތަކެއް ނުވެ، ޔޫރަޕުގެ ބޭސް އެތެރެކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top