ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްވުން އެދި ނަމާދުގައި އަލުން ނާޒިލާ ކިޔާ ނިންމަައިފިއެވެ.
އިލްމުވެރީންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދުގެ މަޣުރިބު ނަމާދުން ފެށިގެން ފަލަސްތީނުގެ ރަައްޔިތުންގެ ހައްގުގައި ފަތިސް ނަމާދާއި މަޣުރިބު ނަމާދުގައި ގުނޫތު ނާޒިލާ ކިޔަން އިމާމުންނަށް އަންގާނެ ކަމަށެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިމިވަނީ ފަލަސްތީނުގެ ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އިޒްރޭލުން ނުރައްކާތެރި ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އިޒްރޭލުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރަފާހް އަށް ބޮން އަޅަން ފަށާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ރަފަހްގައި ރެފިއުޖީން ތިބޭ ޓެންޓުތަކަށް ވެސް ވައިގެ ހަމަލާތައް އަމާޒުކޮށްފަ އެވެ. އެ ހަމަލާތަކުގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ވަނީ ޝަހީދުވެފަ އެވެ.
މި ހަމަލާތައް ދެމުންދާއިރު އިޒްރޭލުން ރަފަހް ސިޓީއަށް ހަމަލާދިނުން ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) އިން މިދިޔަ ހުކުރު ދުވަހު ވަނީ އަމުރުކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި 25 ހާހެއްހާ މީހުންނަކީ މައުސޫމް ކުޑަކުދިންނާއި އަންހެނުނުންނެވެ.