”ބޮޑުހިނގާލުމަށް ރަށްރަށުން 4000 މީހުން މާލެ އަރާނެ“

yamee-e1647691699846.jpg

އަންނަ ހުކުރު ދުވަހު އިދިކޮޅުން ރާވައިގެން މާލޭގައި ބާއްވާ ބޮޑު ހިނގާލުމުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ހަތަރުހާސް މީހުން މާލެ އަރާނެކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އެކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ މާލޭގެ ތިން ސަރަހައްދެއްގައި ހިނގާލުން ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ. އެއީ އުސްފަސްގަނޑާއި ރަސްފަންނު އަދި ކާނިވާ ސަރަހައްދެވެ.

ޝާޑު ވިދާޅުވީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުން މި ހިނގާލުމަށް މީހުން އަންނާނެ ކަމަށާއި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް ހިނގާލުން ކުރިއަށްދާނެ ކަމަށެވެ.

“މި ހިނގާލުމުގައި އަޅުގަނޑުމެންނަށް ވަނީ ހއ އިން ސ އާ ހަމައަށް ދައުވަތު ދެވިފަ. އަޅުގަނޑުމެންނަށް އަންނަނީ ލިސްޓްތައް ލިބެމުން. ދޯނިފަހަރުތައް އެދަނީ ތައްޔާރުވަމުން. ފްލައިޓްތައް އެދަނީ ޗާޓަރު ކުރެވެމުން. މި އެއްވުމަށް މާލެއަށް ހުރިހާ ރައްޔިތުން އަރާނެ. މި ހިނގާލުން އޮންނާނެ. މި ހިނގާލުމަކީ މުޅި މާލެ ފުރާލާނެ ހިނގާލުމެއް،” ޝާޑު ވިދާޅުވި އެވެ.

އެ ކޯލިޝަނުން ބުނީ ރަށްރަށުން މީހުން އަންނަނީ އެ ކޯލިޝަނުން އެއްވެސް ހަރަދެއް ކޮށްގެން ނޫން ކަމަށާއި، އެމީހުން އަމިއްލައަށް ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބެވޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު ބޮޑު ހަރަކާތެއް ބާއްވަން ނިންމާފައިވާއިރު، އަތޮޅުތެރޭގައި ވެސް އެ ހަރަކާތް އަންނަނީ ބާއްވަމުންނެވެ. ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ބައިވެރިވެވަޑައިގަންނަވަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top