ދައުލަތަށް ވަރަށް ގިނަދުވަހު ހިދުމަތް ކުރެއްވި އޭދަފުށީ ރަންގަލި، އިބްރާހީމް މުހައްމަދު 84އ. ނިޔާވެއްޖެ އެވެ.
އިބްރާހީމް މުހައްމަދު ނިޔާވީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ކުރަމުން ދަނިކޮށް އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުގައި މިއަދު ހަވީރުއެވެ.
ސަރުކާރުގެ ހިދުމަތުގައި އޭނާ އެންމެ ގިނަ އަހަރު ހޭދަކުރައްވާފައިވަނީ ބ.އަތޮޅު އޮފީހާއި އޭދަފުށި އޮފީހުގެ މަތީ މަގާމުތަކުގަ އެވެ.
އިބްރާހީމް މުހައްމަދުގެ ކުއްލި ވަކިވުމުގެ ސަބަބުން އެއާއިލާއަށް ލިބުނު ފުންހިތާމައިގާ ބައިވެރިވެ ތައުޒިޔާ ކިޔާ ހިނދު އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުއެވެ. (ތަފްސީލު އަންނަނީ )