ދަރަވަންދުއާއި ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް 12 ފަރާތުން ކުރިމަތިލެއްވި

6C55E3C3-E2EF-4FBD-A1CA-CEC04E02D723.jpeg

ބ. ގޮއިދުއާއި ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު 12 މީހުން ކުރިމަތިލައްވައިފި އެވެ.

މި ދެރަށުގެ އިތުރުން ރާއްޖެތެރޭގެ 12 ރަށަކަށް މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން އިއުލާން ކުރުމާއި ގުޅިގެން ޖުމްލަ 37 ފަރާތަކުން ކުރިމަތިލެއްވި އެވެ.

ދަރަވަންދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހަތް ފަރާތަކުން ކުރިމަތި ލައްވާފައިވާ އިރު އެތަނުން ތިން ބޭފުޅުންނަކީ ބ.އަތޮޅުގެ  ބޭފުޅުންނެވެ. ގޮއިދޫ މެޖިސްޓްރޭޓް ކަމަށް ފަސް ފަރާތަކުން ކުރިމަތިލައްވާފައިވާ އިރު ދެބޭފުޅުން ނިސްބަތް ވަނީ ބ.އަތޮޅަށެވެ.

އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތި ލައްވާފައިވަނީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top