ނާސަރީ ސްކޫލްތައް ވެސް ދެވަނަ ޓާމްގައި ފަށާނެ

68ced49d4651778ed7e8d511234d0a0a.jpg

އަންނަ އާދީއްތަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔެވުން ފެށޭއިރު ނާސަރީ ސްކޫލްތަކުގެ ކިޔެވުން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނީ، މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިމަހުގެ 10 ވަނަ ދުވަހު ފަށާއިރު ބޭބީ ނާސަރީގެ ކުދިންނަށާއި ނާސަރީގެ ކުދިންނަށްވެސް ފަށާނެ ކަމަށެވެ. އެގޮތުން ދެވަނަ ޓާމްގެ ކިޔަވައިދިނުން ފަށާއިރު ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.

މިހިނގާ ދިރާސީ އަހަރުގެ ކިޔެވުން ކުރިއަށް ގެންދާނީ މިއަހަރުގެ ޖޫން މަހުގެ 24 ގެ ނިޔަލަށެވެ. ކިޔަވައިދިނުމުގައި މިދިޔަ ޓާމެކޭ އެއްގޮތަށް މި ޓާމުގައި ވެސް ނިއު ނޯމަލްގެ އުސޫލުތަކަށް ތަބާވުމަށް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top