އޭދަފުށީގައި މިއަހަރުވެސް ޖަމާއަތުގައި ދަމު ނަމާދު ކުރާނެ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

އޭދަފުށީ ބޮޑު މިސްކިތުގައި މިއަހަރުގެ ރަމަޟާން މަހު ފަހު 10 ގައި ޖަމާއަތުގައި ދަމުނަމާދު ކުރާނެ ކަމަށް އޭދަފުށި ކައުންސިލުން ބުނެފި އެވެ.

ކައުންސިލުގެ ނައިބު ރައީސް، އަލީ ޝަފީގު ވިދާޅުވީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޟާން މަހު ފަހު 10ގައި އޭދަފުށީ މަސްޖިދު މުއީނުއްދީން (ބޮޑު މިސްކިތް) ގައި ދަމުނަމާދު ކުރުން އޮންނާނެ ކަމުގައެވެ. ދަމު ނަމާދު އިމާމްވެ ކުރައްވާނީ މިހާރު ތަރާވީހު ނަމާދު ކުރައްވަމުން ގެންދަބާ ބިދޭސީ ގާރީކަމަށް އޭނާ ވިދާޅުވި އެވެ.

ބަރަކާތްތެރި ރަމަޟާން މަހު ރާއްޖޭގެ ރަށްރަށުގެ ގިނަަ މިސްކިތުގައި ދަމު ނަމާދު ޖަމާއަތުގައި ކުރަމުން ގެންދެއެވެ. ޚާއްސަކޮށް ފަހު ދިހައިގައެވެ. އަދި މި ނަމާދުގައި އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރި ވެސް ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top