މާގިނައިން މުދާ ބަރުކޮށްގެން ފުރި ބޯޓެއް މާލެ ފަޅަށް ވައްދައިފި

344304_3_cd877b5b276e8668aaf3f8f1c90291a4e082d8cf_large.jpeg

ސައުތު ލައިން ބޯޓު

މާގިނައިން މުދާ ބަރުކޮށްގެން މާލެއިން ގުރައިގެން ދެކުނަށް ދަތުރުކުރަމުން ދިޔަ “ސައިތުލައިން” ނަމަކަށް ކިޔާ ބޯޓެއް ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާ ކަމަށް ބުނެ ބޯޓު ހުއްޓުވައި، މާލޭ ފަޅަށް ވައްދައިފި އެވެ.

މެރިން ޕޮލިހުން ބުނީ މިއަދު މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރި ސައުތުލައިން ބޯޓު، ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާތީ ބޯޓު ހުއްޓުވައި، މާލެ ފަޅަށް ވައްދުވާފައިވާ ކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫން ގޮތަކަށް އިތުރަށް ނުފުރޭނެކަން އަންގާފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުންޏެވެ.

ސައުތު ލައިން ބޯޓު ދަތުރުކުރަމުން ދިޔައިރު ނަގާފައި ފޮޓޯއެއް ފުލުހުން އާންމުކޮށްފައިވާއިރު ބޯޓު އޮތީ މުދާ އަރުވާ ވަރަށް ބޮޑަށް ބަރުކޮށްފައިކަން ފާހަގަކުރެވެ އެވެ.

“މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިފުރުސަތުގައި ނަސޭހަތްތެރިވަން,” ފުލުހުންގެ މެސެޖުގައިވެ އެވެ.

ފުލުހުން ސައުތު ލައިން ބޯޓު ހުއްޓުވީ މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އެލާޓް ވެސް ނެރެފައި ވަނިކޮށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވެސް ވަނީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top